ކުރިއަށް އޮތް ފިތުރު އީދު ދުވަހު އިރާނުގައި ހަމަލާއެއް ދޭން ރާވަމުންދިޔަ އައިއެސްއަށް ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފިއެވެ.

އިރާނުގެ އޮފިޝަލުން ބުނާ ގޮތުން އެ މީހުން މަސައްކަތް ކުރަމުން އައީ އަމިއްލަ ނަފުސު ގޮއްވާލައިގެން ހަމަލާއެއް ދިނުމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުމާއެކު ހާއްސަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް، އިތުރު އަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުވެސް އިރާނުގައި ކުރިއަށްދިޔަ ޖަނާޒާއެއްގައި އަމިއްލަ ނަފުސު ގޮއްވާލައިގެން ދިން ހަމަލާއެއްގައި 200 މީހުން މަރުވެފައިވެއެވެ. އެ ހަމަލާގެ ޒިންމާވެސް ނެގީ އައިއެސް އިންނެވެ. އަދި އެ ހަމަލާއާ ގުޅިގެން 35 މީހަކު ހައްޔަރުކުރިއެވެ.