އއ. ރަސްދޫ މިސްކިތެއްގެ ފާހާނަ ތެރޭ ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯގައި ފެންނަ ގޮތުގައި، މިސްކިތެއްގެ ފާހާނާ ތެރޭގައި ހުރި އެ ކުއްޖާއަށް ހަތަރު ވަރަކަށް ކުދިންގެ ގްރޫޕަކުން ވަނީ ހަމަލާދީ އަނިޔާކޮށްފައެވެ. ނަމަވެސް އެ ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާ ގުޅިގެންކަން ސާފެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި، ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ މުގައްރިރު ޖީހާން މަހުމޫދު ބައެއް މީޑިއާތަކަށް ވިދާޅުވީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޮމިޓީން ބެލުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ މައްސަލަ ބަލަން މުއައްސަސާތަކުގެ ޓީމެއް ރަސްދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެ ރަށުގައި ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު