އިރާނުގެ ހަމަލާއަކުން ރައްކާތެރިވުމަށް އިސްރާއީލު ހިމެނޭ ސަރަހައްދުން ޖީޕީއެސް ބްލޮކްކޮށްފިއެވެ.
ސީރިއާގައި ހުންނަ އިރާނުގެ ކޮންސުލޭޓް ބިލްޑިންއަށް ހަމަލާ ދިނީ އިސްރާއީލުން ކަމަށްބުނެ އިރާނުން އެކަމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދިނުމާއެކު އިސްރާއީލުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ސީރިއާގައި ހުންނަ އިރާނުގެ ކޮންސުލޭޓް ބިލްޑިންއަށް ދިން ހަމަލާގައި 13 މީހުން މަރުވެފައިވާ އިރު، މަރުވި މީހުންގެ ތެރޭގައި އިރާނުގެ އިސް ޖެނެރަލަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިރާނުން ބުނުމާއެކު އިސްރާއީލަށް ހަމަލާ ދޭން ތައްޔާރުވާކަމުގެ އިންޓެލް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އިސްރާއީލުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެގައުމުގެ ފޯސްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ވަނީ އެލާޓަށް ގެނެސްފައެވެ. އިސްރާއީލު ހިމެނޭ ސަރަހައްދުން ޖީޕީއެސް ބްލޮކް ކޮށްފައިވާ އިރު، އެކަމުގެ ދަތި އުނދަގޫ ކުރިމަތިވާ ކަމަށް އިސްރާއީލުގެ އާންމުން ވަނީ ބުނެފައެވެ.
ދުނިޔޭގައި މިފަހުން އުފައްދާ ގިނަ ރޮކެޓުތަކާއި ހަމަލާދޭ އާލާތްތަކުގައި ޖީޕީއެސް ބޭނުންކޮށްގެން އަމާޒުތަކަށް ފޯރުމުގެ ގާބިލުކަން ލިބިގެންވެއެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، މިއަދު އެގައުމުގައި ފާހަގަކުރާ ދީނީ ހައްސަ ދުވަހެއް ކަމަށްވާ ޖެރޫސެލަމް ދުވަހުގައި އެގައުމަށް ހަމަލާ ދީފާނެކަމުގެ ބިރު އެބައޮތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ