ރޮލެކްސް ގަޑިތަކެއްގެ މައްސަލައެއްގައި ޕެރޫގެ ރައީސްގެ ގެކޮޅު ބަލައި ފާސްކޮށްފިއެވެ.
ކޮރަޕްޝަނާ ގުޅުން ހުރި ތަހުގީގެއް ފަށައި ޕެރޫގެ ރައީސް ދީނާ ބޮލުއާޓެއާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލަން ފަށާފައިވާ އިރު، ހޮނިހިރު ދުވަހު އެގައުމުގެ ފުލުހުން ވަނީ ދީނާގެ ގެކޮޅު ބަލައި ފާސްކޮށްފައެވެ.
ފުލުހުން ހިންގި އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ ރޮލެކްސް އަގުބޮޑު އަތުކުރީ ގަޑިތަކެއް ދީނާ ގެންގުޅުއްވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން އެކި ހަފުލާތަކާއި ހަރަކާތްތަކުގައި ދީނާ އެކިފަހަރު އެކި މޮޑެލްގެ ރޮލެކްސް ގަޑި ބޭނުން ކުރި ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ރައީސް ދީނާ ވަނީ އެއީ އުމުރުފުޅުން 18 އަހަރުން ފެށިގެން އެކިވަޒީފާ އަދާކުރައްވައި ލިބިވަޑައިގެންނެވި ފައިސާއިން ގަނެފައިވާ ގަޑިތަކެއް ކަމަށް ވިދާޅުވެފައެވެ.
ޕެރޫގެ ސަރުކާރުން ވަނީ ރައީސްގެ ރައުސްމާލުގައި ހުރި މުދާ ބަލައި އެސެޓް ޑިކްލަރޭޝަނެއް ހެދުމަށް ރައީސްގެ މައްޗަށް އަމުރުކޮށްފައެވެ.
ފުލުހުންނާއި ތަހުގީގީ އިދާރާތަކުން ހިންގި ބަލައި ފާސް ކުރުން ކުރިޔަށްދިޔަ ވަގުތު އެގައުމުގެ ގައުމީ ޓީވީން ވަނީ އެމަންޒަރުތައް ވަގުތުން ދުރަށް ދައްކައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ