އެޗްއައިވީ ކޭސްތަކެއް ފެނި ލަންކާގެ ސްޕާތައް ރެއިޑް ކުރަން ފަށައިފިއެވެ.
ސްރީ ލަންކާގެ ނިގޮމްބޯ ސަރަަހައްދުގެ ސްޕާތަކަކާ ގުޅުން ހުރި އެޗްއައިވީ އެއިޑްސްގެ ދެ ކޭސް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި ހިނގާ ސްޕާ ތަކާއި އެބާވަތުގެ ކްލިނިކުތައް ރެއިޑްކޮށް އެތައްތަން ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބެލުމުގެ މަސައްކަތް ފަށައިފައެވެ.
ލަންކާގެ އޮފިޝަލުން ވަނީ ސްޕާގެ ނަމުގައި ހަށިވިއްކުމުގެ ހަރަކާތްތައް ގިނަ ވެފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ކުރިޔަށް ގެންދާ ރެއިޑްގައި ނިގޮމްބޯ ސަރަހައްދުގެ 53 ސްޕާ އަކާއި ވެލްނެސް ސެންޓަރު ބަލައި ހަށިވިއްކުމުގައި ހަރަކާތްތެރިވި 140 އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ވަނީ ރެއިޑުތައް ކުރަމުން ދަނީ ފުލުހުންގެ އިންޓެލިޖެންސަށް ގިނަ ހެކިތައް ލިބި ޔަގީން ވުމުން ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ