ނުރައްކާތެރި މަސައްކަތްތައް ނުވަތަ ރިސްކު ހިމެނޭ މަސައްކަތްތައް ކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވަން ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި އެމްޓީސީސީ އާއި އެޗްޑީސީ ނުވަތަ ވެމްކޯ ކަހަލަ ކުންފުނިތަކަކީ ވަރަށް ބުރަކޮށް ކުދިން މަސައްކަތްކުރާ ތަންތަނަށްވާ އިރު، އެތަންތަނުން ރިސްކު އެލަވަންސް ނުލިބޭތީވެ، އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ހަމަޖައްސަވައިދެއްވިދާނެ ކަމެއްތޯ، މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެކި ކުންފުނިތަކުގައި ކުރަން އޮންނަނީ އެކި މަސައްކަތް ކަމަށެވެ.
މުވައްޒަފުން ކުރާ މަސައްކަތްތަކުގައި ރިސްކު ހިމެނޭ ކުންފުންޏެއް ނަމަ، އެ ކުންފުނީގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެއްސިގެން ދާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް އެމްޓީސީސީން ބަނދަރު ހެދުމާއި މިކަހަލަ މަސައްކަތްތަކުގައި އުޅޭ ފަރާތްތައް ތަފާތުވާނެ އެކި ކަހަލަ އެއްވެސް އައުޓްޑޯ މަސައްޖަތެއް، ނުވަތަ އެކަހަލަ ރިސްކީ ތަނެއްގައި މަސައްކަތް ނުކުރާ ކަހަލަ ކުންފުންޏެއްގެ މުވައްޒަފުން،"
އެހެންކަމުން ނުރައްކާތެރި ކަންތައްތައް ހިމެނޭ މާހައުލުގައި މަސައްކަތްކުރާ ވީހާވެސް ގިނަ މުވައްޒަފުންނަށް މިހާރަށް ވުރެ ރަނގަޅަށް، އަދި މިހާރަށްވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކު އެލަވަންސް ތައާރަފު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު