ރެއާއި އަދި މިއަދުގެ ވަގުތެއްގައި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނެގުމުގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރުތައް ވަގަށް ނެގުމަކީ އެކަން ކުރާ މީހުންނަށްވެސް ނުރައްކަލެއް ކަމަށެވެ.

ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނެގުމަކީ 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި ވަގަށް ނަގައިގެން ވިއްކާ އެފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށް ފަހުމީ ވިދާޅުވިއެވެ.