މަގުމަތިން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ޕޮލިހުން މިއަދު ކުރި އިއުލާނުގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު، ދޮންއަނދަރާދަ ހިނގުމުގައި ހުންނަ ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 10،000 ރުފިޔާގެ ވެރިފަރާތް ހޯދަމުންދާ ކަމަށެވެ. އިންސިޑެންޓް ނަންބަރަކީ 591082 އެވެ.

ފުލުހުން ވަނީ އެ ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރަން އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާ އެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވާން ވަނީ އެދިފައެވެ.

އޭގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާ ގެ ވެރިފަރާތްވެސް ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވެއެވެ. އިންސިޑެންޓް ނަންބަރަކީ 591291 އެވެ.

އެ ފައިސާގެ ވެރިފަރާތުން 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރަން އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާ އެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވާން ފުލުހުން ވަނީ އެދިފައެވެ.