ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހިލޭ ދޭން ނިންމާފައިވާ ކާޑުގެ ބާވަތްތައް (ހަނޑޫ އަދި ފުށް) ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މިހާރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބެލުމުގެ ދަށުން ދޫކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެއެވެ.
އެސްޓީއޯއިން ބުނީ އެކަމަށް އެކަށޭނަ މުދާ، އެތެރެކޮށް ގުދަންކޮށް އަދި އޭގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަނޑޫ އަދި ފުށް ދޫކުރާނެ ކަމަށެވެ.
އެކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކޮށް ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށާއި މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ.
ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރަން ފެށީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަދި އެމުދާ ގޭބީސީތަކަށް ދޫކުރާނީ ރަށު ކައުންސިލުން ކަމަށެވެ. ސަރުކާރުން ހަދިޔާ ކުރާ ހަނޑޫ އަދި ފުށް ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކަމަށާއި ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަންވާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
- ހެނދުނު 10:00 އިން ހަވީރު 4:00 އަށް
- ރޭގަނޑު 8:30 އިން 11:00 އަށް
- ހެނދުނު 9:30އިން މެނދުރު 1:00 އަށް
- ރޭގަނޑު 9:00 އިން 11:00 އަށް
މާލެ ސަރަހައްދުގައި ކާޑުގެ ބާވަތްތައް ދޫކުރުމަށްޓަކައި ޖުމްލަ ހަ ތަނެއް ގާއިމް ކޮށްފައި ހުންނާނެއެވެ. އެތަންތަނަކީ:
- ގަލޮޅު ދަނޑު
- މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭބައި
- ސޯޝަލް ސެންޓަރު
- ވިލިމާލޭ ބިއްރި މިސްކިތް ހޯލް
- ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރު
ޚަބަރު
ޚަބަރު
ޚަބަރު