އިސްލާމީ އިދާރާތައް ހިންގާނެ އިސްލާމީ އިދާރީ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އަންނަ ރަމަޟާން މަހުގެ ފަހުން ބާއްވަން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓީގެ މީޑިއާ ވައިބާ ގްރޫޕުގައި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ މަތީ މަގާމުތަކާއި ކޮލެޖް ޔުނިވާސިޓީތައް އިދާރީ ގޮތުން ހިންގައި ލީޑްކުރާނެ ހާއްސަ އިލްމީ ޒުވާން ޓީމެއް އަންނަ ރަމަޟާން މަސް ނިމުމުން ތަމްރީނު ކުރަން ފަށާނެ ކަމަށެވެ.

"އެ ޕްރޮގްރާމުގައި ބައިވެރި ވެވޭނީ އިސްލާމީ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތް ޒުވާނުންނަށް އަދި ހޮވާލެވޭ އިލްމީ ބަޔަކަށް އެ ޕްރޮގްރާމުގައި އިސްލާމީ އިދާރީ ލީޑާޝިޕް، އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެރިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތާއި، ހިންގުމާއި ޓީމު ވޯކާއި ޑިޕްލޮމަސީއާއި ކްރައިސިސް މެނޭޖްމަންޓް ގެ ތަމްރީނުތައް ދޭނެ،" ކަމަށް ޑރ. ޝަހީމްގެ މެސެޖުގައި ވެއެވެ.

އެ ނޫން ވެސް ލީޑާޝިޕާ ގުޅުން ހުރި ދާއިރާތަކުން ތަމްރީނު ދެނޭ ކަމަށާއި އެ ޕްރޮގްރާމަތަކުގައި ތަމްރީނު ދޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ކަމަށްވެސް ޑރ. ޝަހީމްގެ މެސެޖުގައި ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ އަޒުމަކީ، ފަހުން ރާއްޖޭގެ އިސްލާމީ މުއައްސަސާތައް ލީޑްކުރާނެ ޒުވާން ޓީމެއް ބިނާކުރުން ކަމަށާއި އެ ޕްރޮގްރާމްގެ ތެރެއިން އިސްލާމީ ގައުމުތަކުގެ މުހިންމު ޝަޚްސިއްޔަތުތަކާއި ބައްދަލުކުރުމާއި ގައުމުތަކަށް ޒިޔާރަތްކުރުމާއި ތަޖުރިބާ ހޯދުން ހިމެނޭނެ ކަމަށްވެސް މިނިސްޓަރުގެ މެސެޖުގައި ވެއެވެ.