ގައުމީ އެއާލައިން މޯލްޑިވިއަނުން، ހަނިމާދޫ - ޓްރިވަންޑްރަމް، ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނިމާދޫން، ޓްރިވަންޑްރަމް ދަތުރުތައް ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި މިއަދުން ފެށިގެން އެ ދަތުރުތަކުގެ ޓިކެޓް ބުކް ކުރެވެން ހުންނާނެ ކަމަށެވެ. ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ހުކުރު ދުވަހު ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ހަނިމާދޫން ޓްރިވަންޑްރަމަށް މޯލްޑިވިއަނުން ބާއްވާ ފުލައިޓުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ގިނަ ފައިދާތަކެއް ކުރާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާ ކަމަށެވެ.
އެ ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ ހިދުމަތް އުތުރުގައި ފުޅާކުރުމަށް އަހަމިއްޔަތުކަން ދޭ ކަމުގެ ހެއްކެއް ކަމަށް އިޔާސް ވިދާޅުވިއެވެ. ހަނިމާދޫ- ޓްރިވަންޑްރަމް ދަތުރުތަކުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މޯލްޑިވިއަނުން ހަނިމާދޫ - ޓްރިވަންޑްރަމް ދަތުރުރައް ކުރަމުން ދިޔައެވެ. އެ ދަތުރުތައް ހުއްޓުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު