ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުހިމަނައި، މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މަޖިލީހުގެ މެމްބަރުން ނުހިމަނައި، މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީގެ އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް މީގެ ކުރިން ފާސްކޮށްފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ރިޕޯޓު 49 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފައެވެ. އެ ރިޕޯޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
- އުއްތަމަ ފަނޑިޔާރުގެ މުސާރަ 91،000 ރުފިޔާ
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 89،000 ރުފިޔާ
- ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ 70،000 ރުފިޔާ
- ހައި ކޯޓު ފަނޑިޔާރުންގެ މުސާރަ 68،000 ރުފިޔާ
- ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރަ 62،000 ރުފިޔާ
- ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ 60،000 ރުފިޔާ
- ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ 43،000 ރުފިޔާ
- މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ 41،000 ރުފިޔާ
- ސިޓީތަކުގެ މޭޔަރުންގެ މުސާރަ 46،000 ރުފިޔާ
- ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 ރުފިޔާ
- އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 33،000 ރުފިޔާ
- ސިޓީ ކައުުންސިލަރުންގެ މުސާރަ 35،000 ރުފިޔާ
- ރަށު ކައުުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރުފިޔާ
- ރަށު ކައުުންސިލަރުންގެ މުސާރަ 18،000 ރުފިޔާ
- އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ 74،000 ރުފިޔާ
- އޮޑިޓަ ޖެނެރަލްގެ މުސާރަ 74،000 ރުފިޔާ
- ޕްރޮސެކިއުޓާ ޖެނެރަލްގެ މުސާރަ 74،000 ރުފިޔާ
- ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ 74،000 ރުފިޔާ
- އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މުސާރަ 55،000 ރުފިޔާ
- ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ 55،000 ރުފިޔާ
- މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ 59،000 ރުފިޔާ
- މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ 55،000 ރުފިޔާ
- މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ 48،000 ރުފިޔާ
- ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ 41،000 ރުފިޔާ
- ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްގެ މުސާރަ 31،000 ރުފިޔާ
- ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުން 12،000ރުފިޔާ
- ޗިލްޑްރަން އޮމްބަޑްޕާސަންގެ މުސާރަ 41،000 ރުފިޔާ
މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ބޮޑު ކުރުމަށެވެ. ނަމަވެސް އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު