ފަލަސްތީނުގެ ބޮޑުވަޒީރު އިސްތިއުފާދީފިއެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު ޝަތައްޔާހް ވަނީ އޭނާގެ އިސްތިއުފާ ސިޓީ އެ ގައުމުގެ ރައީސް މަހުމޫދް އައްބާސް އަށް އަރުވާފައިވާކަން އާންމުކުރައްވައިފައެވެ.

ޝަތައްޔާހް ވިދާޅުވީ، އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ގާޒާގައި ހިންގަމުންގެންދާ ގަތުލުއާންމާއި މިހާތަނަށް ދުވަހަކުވެސް ނުވާވަރަށް ހުޅަނގު އައްސޭރިއާއި ފަލަސްތީނަށް ނިސްބަތްވާ އަވަށްތަކުގައި ހިންގާ ކަންކަން ހުއްޓުވުމަށް ސަރުކާރުން ނުކުޅެދިފައިވާތީ ކަމަށެވެ.

ޝަތައްޔާހް ވަނީ އެމެރިކާގެ ފިއްތުންތައް ބޮޑުވެ ފަލަސްތީނުގެ މިނިވަން ދައުލަތަށް ގޮތް ކިޔަން ފަށައި މަހުމޫދު އައްބާސްގެ ވެރިކަމުގައި ފަލަސްތީނުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލް އާންމުގައި ގާޒާއިން އެކަނިވެސް 30000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގާޒާއިން މީހުން ހުސްކޮށް އިސްރާއީލުގެ އާބާދީތައް އެ އަވަށަށް ވަނުމަށް ރާވަމުންދާކަމަށް އޮފިޝަލުން ބުނެއެވެ.