ޗައިނާއިން މިއަހަރު 100 އުޅަނދު ޖައްވަށް ފޮނުވުމަށް އަމާޒު ހިފައިފިއެވެ.
ޗައިނާގެ އެއިރޯ ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނުން މިކަން އާންމުކޮށްފައިވަނީ އެ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައެވެ.
ޗައިނާއިން ވަނީ މިއަހަރު ފޮނުވާލާ އުޅަނދުތަކުގެ ތެރޭގައި އެ ގައުމުން ހަނދަށް ފޮނުވާ ކޮމާޝަލް އުޅަނދު ވެސް ހިމެނޭނެ ކަމަށް ބުނެފައެވެ. އެގޮތުން އެ އުޅަނދު ފޮނުވާލުމަށް ހާއްސަ ލޯންޗިން ސްޓޭޝަނެއް ގާއިމު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ޗައިނާއިން ޖައްވީ ހަރަކާތްތައް އިތުރުކުރުމަށް ރާވާފައިވާއިރު އެ ގައުމުން ވަނީ އެކަމަށް ހާއްސަ ޓީމުތައް ވެސް ތައްޔާރު ކުރަން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ