އެލައިޑް އިންޝުއަރެންސްގެ ރޯދަ ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އެލައިޑުގެ ރޯދަ ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތު ނުސްވެރީންނާ ހިއްސާކުރުމަށް އެލައިޑް ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެލައިޑުން ފާހަގަކުރި ގޮތުގައި މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން މަދަހަ މުބާރާތަކާއި "އިންޝުއާ ލައިފް ވިތު އެލައިޑް"ގެ ނަމުގައި ޓިކްޓޮކް މުބާރާތެއް އަދި "އެލައިޑް ހޯމް ތަކަފުލް"ގެ ރޯދަ ޕްރޮމޯޝަނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އެލައިޑް މަދަހަ މުބާރާތް ގެނެސްދެނީ ސޯޝަލް މީޑިއާގެ ފޭސްބުކް ޕްލެޓްފޯމްގައެެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވެވޭނީ، ބެލެނިވެރިންގެ ނަމުގައި ހިންގާ އެފްބީ އެކައުންޓުތަކުންނެވެ.
އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ މަދަހަ މުބާރާތުގައި ބައިވެރިވެވޭނީ ރަމަޟާން މަސް ފެށިގެން ނިމެންދެން ކަމަށާއި އިނާމެއްގެ ގޮތުގަައި ރަނގަޅު ފެންވަރެއްގެ އައިޕެޑެއް ލިބޭނެ ކަމަށެވެ.
"އިންޝުއާ ލައިފް ވިތު އެލައިޑް"ގެ ނަމުގައި ޓިކްޓޮކް މުބާރާތެއް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، އެލައިޑުން ހިތްހަމަޖެހޭ މިންވަރަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެދިފައި ނެތް ކަމަށް އެ ކުންފުނިން ދެކޭނީ އާންމުންގެ ތެރޭގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރުމުގެ ބޭނުގައި ކަމަށް ފިރުޝާން ވިދާޅުވިއެވެ.
"އިންޝުއާ ކުރުމަކީ ވިހާވެސް ގިނަބަޔަކު ކުރަން މުހިންމު ކަމެއް ކަމަށްވުމާއެކު، ރަމަޟާން މަހުގެ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން އިތުރު މީހުން ލައިފް އިންޝުއަރަންސަށް ފައިސާ ފަހަށް ރައްކާކުރުމަކީ ކިހާ މުހިންމު ކަމެއްކަން އަންގައިދެވޭނެ ކަހަލަ މެސެޖުތައް ފޯރުކޮށްދިނުން،" ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ ޓިކްޓޮކް މުބާރާތުގެ މަގުސަދަކީ ވަކި ފަރުދެއް ދުނިޔޭގައި ހުންނަ އިރު، ރައްކާކުރެވޭ ފައިސާއިން ދުނިޔޭގައި ދިރިތިބީންނަށް އޭގެން މަންފާ ހޯދައިދިނުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
އޭގެ ތެރޭގައި ކުދިންގެ ކިޔެވުމަށާއި މައިންބަފައިންނަށް އެހީތެރިވެ ދިނުމުގެ އިތުރުން ލޯބިވާ ވަކި މީހަކަށް ފަހަށް ރައްކާކޮށްދޭ ފައިސާއެއްގެ ގޮތުގައި ރައްކާތެރިކޮށްދިނުން ހިމެނޭ ކަމަށާއި ޓިކްޓޮކް ވީޑިއޯތަކުގައި ހެދުން އަޅަން ޖެހޭނީ އާންމު މިންގަޑުތަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.
ޓިކްޓޮކްގެ ވީޑިއޯތަކުގައި ބައިވެރިވެވޭނީ، 18 އަހަރުން ދަށުގެ ކުދިން ނަމަ ބެލެނިވެރިންގެ ނަންމަތީ ހިންގާ ޓިކްޓޮކް ޕްލެޓްފޯމްތަކުން ކަމަށާއި 18 އަހަރުން މަތިން ނަަމަ އެމީހެއްގެ އަމިއްލަ ނަމުގެ އެކައުންޓުތަކުން ކަމަށް އެލައިޑުން ބުނެއެވެ.
ޓިކްޓޮކް އެލައިޑްގެ ރޯދަ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ ރަނގަޅު ތިން ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެވެ.
"ލައިފް އިންޝުއަރެންސްގެ ފައިދާތައް ދެނެގަނެ ކްލިޕެއްގެ ސިފައިގައި ހުށަހަޅައިދިނުން ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަކީ އެލައިޑުގެ ވަރަށް ބޮޑު އެދުމެއް،" ފިރުޝާން ވިދާޅުވިއެވެ.
އެލައިޑުގެ ރޯދަ ޕްރޮމޯގެ އަޔާދީ ތަކަފުލް ޕްލޭނުގައި ބައިވެރިވެވޭނީ، އަޔާދީ ތަކަފުލްގެ ހިޔާވަހި ލަގްޒަރީ ޕްލޭނެއް ނަގައިގެންނެވެ. ލަގްޒަރީ ޕްލޭނަކީ އަހަރަކަށް 600 ރުފިޔާ ދައްކާލައިގެން 650،000 ރުފިޔާ ގޭގައި ގެންގުޅޭ ސާމާނުގެ އަގުހުރި މުދާ ކަވަރޭޖަށް ލިބިގެންދާނެ ޕްލޭނެކެވެ.
އަޔާދީ ތަކަފުލްގެ ޑެޕިއުޓީ މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވީ އެ ޕްރޮމޯޝަންގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން އިނާމެއްގެ ގޮތުން ލިބިގެންދަނީ ނަގާ ކޮންމެ ލަގްޒަރީ ޕްލޭނަކަށް އެ އަގުގެ ކޮމްޕްލިމެންޓްރީ ގިފްޓް ޕެކެެއް ކަމަށެވެ.
"ހިޔާވަހި ޕްލޭނަކީ ހަމައެކަނި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ޕްލޭނެއް، މައި އެލައިޑްގެ ޕޯޓަލްއަށް ވަދެގެން އަޔަދީ ތަކަފުލް ނަގާފައި، އަޔަދީ ތަކަފުލްގެ ހިޔާވަހީގެ ލަގްޒަރީ ޕްލޭނެއްް ސެލެކްޓްކޮށްލައްވާފައި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ،" އޭނާ ވިދާޅުވިއެވެ.
އެގޮތުގެ މަތިން އެލައިޑްގެ ރޯދަ ހިޔާވަހި ޕްރޮމޯޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން ރަމަޟާން މަސް ނިމެެންދެނެވެ. ހިޔާވަހި ފަރުމާކޮށްފައިވަނީ ގޭތެރޭ އާންމުކޮށް ގެންގުޅޭ ހުރިހާ ތަކެއްޗަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް އެލައިޑުން ބުންޏެވެ.
"އޭގެ ތެރޭގައި. ބަދިގެ ސެޓް، ޓީވީ، އައިސް އަަލަމާރި، ބިންމަތީ ޖަހަފައި ހުންނަ ޕާކޭ އަދި މުށިގަނޑުތަކަށް ލިބޭ ގެއްލުން މައިގަނޑު ގޮތެއްގައި، އަލިފާނުގެ ހާދިސާ ކަހަލަ ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ފްލަޑިން ކަހަަލަ ކަންތައްތަކާ ގުޅިގެން ލިބޭ ގެއްލުމެއް. އާބާ ވުމުގައި ލިބޭ ގެއްލުންތަކެއް ނޫން، ގެއެއްގައި ވެސް ފުދޭވަރަކަށް އަގުހުރި މުދާ އެބަހުރި. ކަމެއް ދިމާވަނީ ބުނެފައެއް ނޫން. މިފަދަ ކަމެއް ދިމާވާ ހިނދު މި ތަކެތި ރައްކާތެރިކުރުމަށްޓަކައި ނެގޭ ވަރަށް މުހިންމު ޕޮލިސީއެއްގެ ގޮތުގައި ހިޔާވަހި ޑިޒަންކޮށްފައިވަނީ،" އެލައިޑުގެ ޖެނެރަލް މެނޭޖަރު ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ ހިޔާވަހި ޑިޒައިންކޮށްފައިވަނީ އެގޮތަށް ކަމަށާއި އެގޭ ތެރޭގައިވެސް 200 ރުފިޔާއިން 600 ރުފިޔާއާ ދޭތެރޭގެ ޕްލޭންތަކުގައި އެކިއެކި މިންވަރުގެ ރައްކާތެރިކަމުގެ ޕްލޭންތައް ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް ރަމަޟާން މަހުގެ ޕްލޭން ހާއްސަކޮށްފައިވާނީ 600 ރުފިޔާގެ ޕްލޭނަށެވެ.
އޭގެ އިތުރުން ގޭތެރެއިން ކުރާ ވައްކަންތަކުން ލިބޭ ގެއްލުންތަކަށްވެސް ތަކަފުލް އިން އިންޝުއާކުރާ ޕްލޭންތައް ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުއްޔަށް އުޅޭ މީހުންވެސް ހިމެނޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު