ހއ. ވަށަފަރުން (ޢަލީ ޔާމީން، ވަން އޮންލައިން)
ދިވެހި ދިދަ މިނިވަންކަމާއެކު ވިހުރޭނީ، އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓޯއެއް ލިބިގެން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބޮޑުތިލަދުންމައްޗަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފަސް ވަނަ މަންޒިލެއްގެ ގޮތުން މިއަދު މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެހާ އަވަހަށް ރައްޔިތުންނާ ގާތަށް ވަޑައިގެންނެވި ރައީސް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ މިނިވަންކަން ގެއްލިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެެމެހެއްޓުމުގެ މަސައްކަތްޕުޅު ކަމަށެވެ،
އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ދިހަ މިނިވަންކަމާއެކީގައި ވިހުރުމުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށެވެ.
"ދިވެހި ދިދަ މިނިވަންކަމާއެކު ވިހުރޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް ޕީއެންސީއަށް ލިބިގެން" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ބޮޑުތިލަދުންމަތީގެ ސަރުކާރު ފަސް ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ވޯޓުލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެހެން ހުރިހާ މަސައްކަތެއް ހުއްޓާލާފައި އެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް މަސައްކަތްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ބޮޑުތިލަދުންމަތިން ފަސް ގޮނޑި ޕީޕީއެމް ޕީއެންސީއަށް ހޯދައިދޭން އެބަ ޖެހޭ" އަބްދުރައްހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު