ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ފަސް ދުވަހުގެ ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ. އަދި ގއ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ރައީސްގެ މި ދަތުރުފުޅު ފެއްޓެވީ އައްޑޫ ސިޓީންނެވެ. އޭގެ ފަހުން ރައީސް ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމަށްފަހު، ގދ. އަދި ގއ. އަތޮޅަށް ވަޑައިގެންފައެވެ. ރައީސް ވަނީ އެ ސިޓީތަކާއި އެ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފައެވެ.
ރައީސްގެ ދަތުރުފުޅުގައި އައްޑޫ ސިޓީގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓު، އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
އޭގެ އިތުރުން ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމާއި، ތިނަދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން އަދި ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު