ޗައިނާގައި ކާގޯ ބޯޓެއް ބުރިޖެއްގައި ޖެހި އެ ބުރިޖު ދެބުރިވެއްޖެއެވެ.
ޗައިނާގެ ދެކުނު ގުއަންގްޒޫ ސިޓީގައި އޮންނަ ލިކްސިންޝާ ބުރިޖުގައި ކާގޯ ބޯޓު ޖެހި ހިނގި ހާދިސާގައި ފަސް މީހަކު މަރުވެފައިވާކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.
ބްރިޖަށް ކާގޯބޯޓު އުރުމާއެކު އެ ބުރިޖުން ތަންގަނޑެއް ކަނޑައިގެންގޮސް ދެބުރިވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާންމުވެފައެވެ.
ގުއަންގްޒޫގެ މެރިޓައިމް ސާޗް ރެސްކިއު ސެންޓަރުން ވަނީ ހާދިސާ ހިނގުމާއެކު އެ ވަގުތު ބުރިޖުން ދަތުރުކުރި ދެ ވެހިކަލެއް މޫދަށް ވެއްޓިފައިވާ ކަމަށާއި އިތުރު ތިން ވެހިކަލް ވެއްޓިފައި ވަނީ ކާގޯ ބޯޓު މައްޗަށް ކަމަށްވެސް ބުނެފައެވެ.
ހާދިސާ ހިނގުމާއެކު ބުރިޖް ހުސްކޮށް ރެސްކިއުޓީމުތަކުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ފަށާފައިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ލިކްސިންޝާ ބްރިޖް ހިމެނޭ ސަރަހައްދަކީ ގުއަންޒޫގެ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. އޮފިޝަލުން ވަނީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބޯޓެއް އެބުރިޖު ދަށުން ކާގޯ ހިފައިގެން ދަތުރުކުރާކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ