އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަތައް އިންތިހާބުތަކާ ދިމާކޮށް ކޯޓުތަކުގައި ލަސްވަމުންދާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ރައީސް ޔާމީނަށް ވަނީ އާރަށު މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
ރައީސް ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ސޮއިކުރައްވައި ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ޒިންމާދާރު އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ ވެރިކަން ދަމަހައްޓަވަން ތިއްބެވި ބައެއް ކަމަށާއި މިނިވަން ޖުޑީޝަރީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ، ބިރެއް، ނުފޫޒެއް އަދި ނުބައި ނިޔަތެއްނެތި މައްސަލަތައް ހަމަހަމަކާއި އަދުލުވެރިކަމާއެކު ނިންމުން ކަމަށެވެ.
ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ ކޯޓުތަކުން ލަސްވާތަން ފެންނަ އިރު، ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމާ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަން ފެނިގެން ގޮސްފައިވާ އިރު، މި ދެންނެވުނު ކަންކަމަށް ބަލާއިރު، ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑީޝަރީން ކަށަވަރު ކޮށްދޭ ކަމަކަށް ގަބޫލެއް ނުކުރަމެވެ،" ބަޔާނުގައިވެއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު މިހާރު އޮތީ ނިމުމަކާ ހިސާބުގައެވެ. ނަމަވެސް އެ މައްސަލަ ތާވަލުނުކޮށް ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު