ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަހައްދު މި ހަފުތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލުހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭ ގޮތަށް އެ ކުންފުނިން ބަންދުކުރި ސަރަހައްދު މި ހަފުތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލާނެ،" ކަމަށެވެ.
ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ހިދުމަތުގެ ބައިވެރިޔާއަށް ވާއިރު، އެ ކުންފުންޏަކީ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ފަދަ ގިނަ ކަންކަމަށް ހައްލު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އާ އެމްޑީ ފަހުމީ ވަނީ ވިދާޅު ވެފައެވެ.
އެ ގޮތުން، މާލޭގެ މަގުމަތީގައި އާންމުންނަށް ދަތިވާ ގޮތަށް ހުރި ބައެއް ސްޓޭޝަންތައް މީގެ ކުރީންވެސް ވަނީ ނަގައިފައެވެ. އަދި ބައެއް އެއްޗެހި ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު