އިރާނު މީހަކު ބަޑި ޖަހައި އާއިލާގެ 12 މީހުން މަރާލައިފިއެވެ.
އިރާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އުމުރުން 30 އަހަރުގެ އެމީހާ އޭނާގެ އާއިލާއަށް ނިސްބަތްވާ 12 މީހުންނަށް ބަޑިން ހަމަލާދީ މަރާލާފައިވާއިރު އޭގެތެރޭގައި އޭނާގެ ބައްޕަގެ އިތުރުން ބޭބެވެސް ހިމެނެއެވެ.
އޮފިޝަލުން ވަނީ ހަމަލާ ދިން މީހާގެ މައުލޫމާތު ލިބިފައި ނުވާ ނަމަވެސް އޭނާ ބޭނުންކޮށްފައިވަނީ ރައިފަލެއް ކަމަށް ބުނެފައެވެ.
އިރާނުގެ ދެކުނަށް ނިސްބަތްވާ ކަރްމާންގައި ހިނި އެ ހާދިސާއަށް ފަހު ފުލުހުން ވަނީ އެމީހާއަށް ހަމަލާދީ މަރާލާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ހަމަލާ ދޭން މެދުވެރިވި ސަބަބެއްގެ ގޮތުގައި މިހާތަނަށް ފާހަގަވެފައިވަނީ އާއިލީ މައްސަލަތަކެއް ހައްލު ނުވެ މައްސަލަ ގޯސްވުން ކަމަށް ބުނެފައެވެ.
އިރާނުގައި މީގެ ދެ އަހަރު ކުރިން ވެސް ވަނީ އާއިލީ މައްސަލައެއްގައި ބަޑިން ހަމަލާދީ ތިން މީހަކު މަރާލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ