ގާޒާގެ ހޮސްޕިޓާތަކަށް ސްޓާލިންކް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފަލަސްތީނުގެ ގާޒާގެ އަސާސީ ހިދުމަތްތައް ވަނީ ކަނޑާލާފައެވެ.
ފަލަސްތީނުގެ ގާޒާގެ ހޮސްޕިޓަލުތަކަށްވެސް އިސްރާއީލުން ހަމަލާ ދެމުންދާއިރު އެ ހޮސްޕިޓަލުތަކަށް ފޯރުކޮށްދޭން ޖެހޭ ބޭހާއި އެހެނިހެން އަސާސީ ތަކެއްޗަށް ބުރޫއަރާފައިވާއިރު ހޮސްޕިޓަލުތަކާއި އެހެން ފަރާތްތަކާއި ގުޅުން ކެނޑިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ގާޒާގެ ހޮސްޕިޓަލުތަކުން އިންޓަނެޓް ކަނޑާލައި އިސްރާއީލުން ވަނީ އެ ސިޓީ ދުނިޔެއާ ވަކިކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ގާޒާގެ ހޮސްޕިޓަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އެހީދޭ ޖަމިއްޔާތަކުގެ އިތުރުން ބައެއް ގައުމުތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކުވެރި އަރަބި އިމާރާތުން ވެސް އަންނަނީ ގާޒާގެ ހޮސްޕިޓަލުތައް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޔޫއޭއީން ވަނީ ސްޓާލިންކް ސެޓްލައިޓްގެ އިންޓަނެޓް ހިދުމަތް ގާޒާގެ ހޮސްޕިޓަލުތަކަށް ހޯދައިދިނުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އެގި ޖަމިއްޔާތަކާ ގުޅިގެން ސްޓާލިންކުގެ ހިދުމަތް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ