ޓަންޒޭނިއާގެ އަވަށަކަށް ހޮނުއަޅައި ތިން މީހަކު މަރުވެއްޖެއެވެ.

ޓަންޒޭނިއާގެ ލިންޑީ ސަރަހައްދުގައި ހުންނަ އަަވަށެއްގައި ކުރިޔަށް ދިޔަ ޖަނާޒާއަކަށް ހޮނު އެޅުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވާއިރު 18 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ އަވަށުގެ ބޮޑުސަރަހައްދަކަށް ވަނި ގެއްލުން ލިބިފައެވެ.

އޮފިޝަލުން ވަނީ އަނިޔާވި މީހުންނަށް އެ އަވަށުގައި ހުންނަ ސަރުކާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވެސް ޓަންޒޭނިއާގެ އަވަށަކަށް ވަނީ ހޮނު އަޅައި ބަޔަކު މަރުވެފައެވެ. އެގޮތުން އެގައުމުގެ މަސާސީ ޑިސްޓްރިކްޓުން ހަ މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.