ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު މަރިޔަމް މުހައްމަދު (މާޔަން) ހުޅުމާލޭގައި ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ބަޔަކު އޭނާ ހިފަހައްޓައި ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފިއެވެ.
މާޔަން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު ގާތްގަނޑަކަށް ހެނދުނު 6:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ކައިރިން އޭނާ ދުވެފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ މީހަކު އޭނާ ބިންމައްޗަށް ވައްޓާލުމަށް ފަހު ކަރުގައި އޮތް ރަންފަށް ފޭރިގެންފައިވާ ކަމަށެވެ.
އެ މައްސަލަ އެވަގުތު ހުޅުމާލެ ޕޮލިހަށް ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރަން ފަށުގެ ފޮޓޯއެއް އާންމުކޮށް މާޔަން ވަނީ އެ ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް ފެނިއްޖެނަމަ އަންގަައި ދިނުމަށް އެދިފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހުލުމާލެ ރީތިގަސް މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފައިވާ މައްސަލައެއް މިއަދު ހެނދުނު 6:20 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު