ލަކްޝަދީބުގައި ހިމެނޭ 36 ރަށް ތަރައްގީކޮށް އެންމެ ޒަމާނީ ފަތުރުވެރިކަން ތައާރަފު ކުރުމަށްޓަކައި އިންޑިޔާގެ މަރުކަޒީ ސަރުކާރުން 434 މިލިޔަން އެމެރިކާ ޑޮލަރުގެ ބިޔަ ބަޖެޓެއް އެކަށައަޅައިފި ކަމަށް އިންޑިޔާގެ އިކޮނޮމިކް ޓައިމްސް ނޫހުން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ލަކްޝަދީބުގެ އެއަރޕޯޓް ތަރައްގީ ކުރުމާއި ރަށްރަށުގެ ބަނދަރުތައް ތަރައްގީ ކުރުމާއި އަތިރިމަތީގައި ހޮޓާ ހޮޓަލާއި ގެސްޓްގައުސް ތަރައްގީ ކުރުމާއި ފެނާއި ނަރުދަމާޔާއި މުވާސަލާތީ ވަސީލަތްތައް ގާއިމްކޮށް ތަރައްގީ ކުރުމަށެވެ.
މިކަމަށް ޚަރަދުކުރާނީ ސާގަރްމަލަ ސްކީމްގެ ދަށުންނެވެ. މި ސްކީމަކީ އިންޑިޔާގެ އެކި ހިސާބުތަކުގެ ބަނދަރުތައް ތައްގީކޮށް ގައުމީ ތަރައްގީގެ އޮނިގަނޑުގެ ތެރޭގައި ހިމެނުމުގެ މަޝްރޫއެކެވެ. އިންޑިޔާގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ލަކްޝަދީބަކީ ފަތުރުވެރިކަމުގެ ހަބަކަށް ހެދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަމަށް ބޭނުންވާނެ ޒަމާނީ އޮނިގަނޑެއް ނެތުމެވެ.
އިކޮނޮމިކް ޓައިމްސް ބުނާގޮތުގައި ފަތުރުވެރިކަމުގެ ހަބަކަށް ލަކްޝަދީބު ހެދުމަށްޓަކައި ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމް ކުރެވުނީމާ އެތަން ވާނީ ދިވެހިރާއްޖެ ނޫން އެހެން ގޮތެއް އިންޑިޔާގެ ފަތުރުވެރިންނަށް ހޯދައިދިނުމަކަށް ކަމުގައެވެ. މިހާރު ދިވެހިރާއްޖެއާ ވާދަކުރުމަށް އޮތް ހުރަހަކީ ލަކްޝަދީބުގައި އެކަށޭނަ އިންފްރާސްޓްރަކްޗަރ ގާއިމްވެފައި ނެތުމެވެ. އެއަރޕޯޓުތަކާއި ބަނދަރުތަކާއި މަތީފަންތީގެ ހޮޓާ ނެތުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ