އަލަށް ފަށާ ހައުސިން މަޝްރޫއުތަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް 500 ޔުނިޓް ހާއްސަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ދިނުމަށް މަގުފަހި ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"އަދި އަލަށް ފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި،" ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރަކީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރާ، ރައްޔިތުންނަށް ހޭހަންކުރާ އޯގާވެރި ސަރުކާރެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ދައުރުގައި އެކަން ހަމަޖެހިގެން ދިއުން ކަމަށާއި އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު