އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ އަކަށް ހުންނެވި ނަޒްރާ ނަސީމާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކުގެ އިތުރުން ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމުގައި ހުންނެވި ޝަފާތު އަހުމަދު ޒާހިރު، އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރައްވައިފިއެވެ.
އަލީ ވަހީދު ވާދަ ކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ. އޭނާއާ އެކު އެ ދާއިރާއަށް އިތުރު ދެ ކެންޑިޑޭޓަކު ވާދަ ކުރިއެވެ. އޭނާ ވަނީ 245 ވޯޓް ހޯއްދަވައިފައެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވާދަ ކުރެއްވީ ފުވައްމުލަކު ސިޓީ ދެކުނު ދާއިރާ އަށެވެ. ނަޒްރާ ވަނީ 434 ވޯޓް ހޯއްދަވައިފައެވެ. އޭނާއާ ވާދަ ކުރި އަނެއް ކެންޑިޑޭޓަށް ލިބިފައިވަނީ 70 ވޯޓެވެ.
މޫސާ އަލިމަނިކު ވާދަ ކުރެއްވީ ހުޅުމާލެ އުތުުރު ދާއިރާ އަށެވެ. އޭނާ އެ ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވީ އަބްދުﷲ ނަސީރާ ވާދަކުރައްވައި 16 ވޯޓުގެ ތަފާތުންނެވެ.
ޝަފާތު ވާދަކުރެއްވީ، ހުޅުމާލޭ މެދަށެވެ. އޭނާވެސް ޓިކެޓު ކަށަވަރުކުރެއްވީ ބޮޑު ތަފާތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު