ރާއްޖޭގައި ފުރަތަމަ ފަހަރަށް އެރޯބުރިޖެއް ބަހެއްޓުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.
އެމްއޭސީއެލުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އޭރޯބްރިޖް ބަހައްޓަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލްގައި ކަމަށެވެ.
އެރޯބުރިޖް ބެހެއްޓުމުގެ ސަބަބުން ވީއައިއޭން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތަޖުރިބާގެ ފެންވަރު މަތިކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގައި މިހާރު ފުލައިޓަށް މީހުން އަރުވަން ޖެހެނީ ޓާމިނަލުން ނުކުމެ ހިނގާފައި ގޮހެވެ. ނުވަތަ އެއާޕޯޓު ބަހެއްގައި ފްލައިޓް ކައިރިއަށް ގޮހެވެ.
ޚަބަރު
ޚަބަރު