ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް، އެ ރަށަކަށް ގެންގޮސްފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް އެ ރަށަށް ގެންގޮސް، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގްރޮއިންގެ ޕްރޮފައިލިން މަސައްކަތް ކަމަށެވެ.
އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެ މަޝްރޫއުއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު 220 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު