ޗައިނާގެ ފިހާރައެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ މެދުތެރޭ ޖިއަންޒީ ފްރޮވިންސުގައި ހުރި ފިހާރައެއްގައި މިދިޔަ ބުދަ ދުވަހު އެ ހާދިސާ ހިނގުމާއެކު މުޅި އިމާރާތަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހުޅުގަނޑު ފެތުރިގަނެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓިވީން ވަނީ ޖިއަންޒީގައި ހިނގި އެ ހާދިސގައި ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެ ފިހާރަ ހިމެނޭ އިމާރާތުގެ ބިމުއަޑީގައި ހަދާފައިވާ ބައިގައި ކަމަށް ރިޕޯޓުކޮށްފައެވެ.
އޮފިޝަލުން ވަނީ އަލިފާނުގެ ސަބަބުން މިހާތަނަށް ނުވަ މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވާކަމަށާއި އިމާރާތުގެ އެތެރޭގައި ތާށިވެފައިވާ މީހުން ތިބިތޯ ރެސްކިއު ޓީމުތަކުން ބަލަމުން އަންނަކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާއިރު އެހާދިސާގެ ސަބަބުން ޗައިނާގެ ރައީސް ޝީ ޖިންގ ޕިން ވަނީ މީހުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރަން ޖެހޭކަމަށާއި އަލިފާނުގެ ހާދިސާތައް ގިނަވެފައިވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ