އެއްދުވަސް ތެރޭ ގާޒާގައި އިސްރާއީލުގެ 24 ސިފައިން މަރާލައިފިއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސް އިން ވަނީ އެ ގައުމުގެ 24 ސިފައިން މަރުވެފައި ވަނީ ގާޒާގައި ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރޭގައި ކަމަށް ބުނެފައެވެ. މިއީ އިސްރާއީލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެ ގައުމުން ގްރައުންޑް އޮޕަރޭޝަން ފެށިފަހުން އެންމެ ގިނަ ސިފައިން މަރުވި ދުވަސް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރެއިން 21 މީހުން މަރުވެފައި ވަނީ އެމީހުން އަމިއްލައަށް ގާޒާގެ ދެ އިމާރާތެއް ގޮއްވާލުމަށް ހަރުކުރި މައިންތަކެއް ގޮވުމުގެ ސަބަބުން ކަމަށް ބުނެފައެވެ. އަނެއް ތިން ސިފައިން މަރުވެފައިވަނީ ހަމަލާ ބަދަލުކުރުމުގެ ތެރޭގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުގެ ޑިފެންސް ފޯހުން ވަނީ 21 ސިފައިން މަރުވި ހާދިސާ ތަހުގީގު ކުރާނެކަމަށް ބުނެފައެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ އިއްޔެ އެކަނިވެސް ފަަލަސްތީނުގެ 195 މީހުން މަރާލާފައިވާ ކަމަށް ބުނެފައެވެ. އޮކްޓޫބަރު ހަތެއްގެ ފަހުން މިހާތަނަށް ގާޒާއިން 25 ހާހަށްވުރެން ގިން މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ