ތައިލެންޑުގެ ވައި ނުސާފުވުމަށް ހައްލެއް 90 ދުވަސް ތެރޭ ހޯދުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ތައިލެންޑުގެ ކޯޓަކުން ހުކުރު ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ހާއްސަ ޕްލޭނެއް ހަދައި، 90 ދުވަސް ތެރޭގައި އެކަމަށް އަމަލީ ސިފައެއް ގެނެސް އެ ގައުމުގެ ވައި ނުސާފުވުމަށް ހައްލެއް ހޯދުމަށް އަމުރުކޮށްފައެވެ.
ތައިލެންޑުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުން އަންނަ ދުމާއި އެ ގައުމުގެ ފެކްޓްރީތަކާއި ވެހިކަލްތަކުން ބޭރުވާ ދުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ކުރީކޮޅު އެ ގައުމުގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކާއި އެ ގައުމުގެ އުތުރުގައި އޮންނަ ޗަންގް މައި ސިޓީއަކީ ދުނިޔޭގައި އެންމެ ވައި ނުސާފު ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީތަކެވެ.
ތައިލެންޑުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ވައި ނުސާފުވާ ދުވަސްވަރަށް ހާއްސަ ގަވާއިދުތަކެއް ނެރެއެވެ. ނަމަވެސް އެ ގަވާއިދުތަކަށް މީހުން ހޭލުންތެރި ނުވުމުގެ ސަބަބުން އެކަމުން އެދެވޭ ހައްލެއް ނާންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ