ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގައި މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެންފައިވަނީ، ދ. މީދޫ ދާއިރާގެ މެމްބަރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި، މާމިގިލީ ދާއިރާގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ އަހަރުގެ ފަހު ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، އެ ދައުރުގައި 14 ޖަލްސާއެއް ވަނީ ބާއްވައިފައެވެ.
އޭގެ ތެރެއިން ނުވަ ޖަލްސާއަށް މެންބަރު ސިޔާމް ވަޑައެއް ނުގަންނަވައެވެ. ގާސިމާއި ހައިތަމް އަށް ޖަލްސާއަކަށް ވަޑައެއް ނުގަންނަވައެވެ. ދެން އެންމެ ގިނަ ޖަލްސާއަށް ވަޑައިނުގަންނަވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. އެއީ ހަތް ޖަލްސާއެވެ. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަ ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
އެއްވެސް ސަލާމެއް އަދި ރަސްމީ އެއްވެސް ކަމެއްގައި ބައިވެރި ވަޑައިނުގެން، މަޖިލީހުގެ ތިންވަނަ ދައުރުގެ 14 ޖަލްސާގައި 17 މެންބަރުން ބައިވެރިވެވަޑައިގެންފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
މިހާރު އޮތް ޗުއްޓީ ނިމި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އެއީ މިއަހަރުގެ ފުރަތަމަ ދައުރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު