ގޭސްފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެންޖީބީ ރެސްޓޯރެންޓުގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭތީ، ފަޔާ އެންޑް ރެސްކިޔު ސާވިސަސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހާދިސާގައި ސްރިލަންކާއަށް ނިސްބަތްވާ އެ ރެސްޓޯރެންޓުގެ ޝެފަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އިތުރު ދެ މީހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލުތައް އަދި ލިބިފައެއް ނުވެއެވެ.