މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ، ބައެއް އެހެން އަތޮޅުތަކަށް ވެސް ރީނދޫ އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން މިހާރު ވަނީ ފަށައިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 2:30 އަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ އެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 3:30އާ ހަމައަށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު އެލާޓް ވެސް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު