ގެމްބިއާގެ ގައުމީ ޓީމު ދަތުރުކުރި ފްލައިޓެއް އޮކްސިޖަން ހުސްވެ އިމަޖެންސީގައި ޖައްސައިފިއެވެ.
އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެފްރިކަން ކަޕްގައި ކުޅުމަށް ބުދަ ދުވަހު ގެމްބިއާގެ ވެރިރަށް ބަންޖުލް އިން އައިވަރީ ކޯސްޓަށް ދަތުރުކުރި އެ ފްލައިޓު ނައްޓާލިތާ ނުވަ މިނެޓު ފަހުން ވަނީ ފްލައިޓުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފްލައިޓުގެ ޕްރެޝަރުގެ އިތުރުން އޮކްސިޖަން މަދުވުމާއެކު އިމަޖެންސީކޮށް ޖައްސާފައެވެ.
ފްލައިޓުން ދަތުރުކުރި ޓީމުގެ ކޯޗު ވަނީ އޮކްސިޖަން ހުސްވެ ފްލައިޓުތެރޭގައި ވައި ނުސާފުވެ ކުޅުންތެރިން ނޭވާހާސްވެގެން އުޅުނުކަމަށް ބުނެފައެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިން ނިދި ޖެހުނު ކަމަށްވެސް ކެޕްޓަން ބުނެފައިވެއެވެ.
ފްލައިޓުން ދަތުރުކުރި ކުޅުންތެރިން ވަނީ އެމީހުންގެ ސޯޝަލްމީޑިއާގައި އެތަޖުރިބާ ހިއްސާކޮށްފައެވެ. ބައެއް ކުޅުންތެރިން ވަނީ ބޮލުގައި ރިއްސުމާއި ބޯ އެނބުރުމުގެ އިތުރުން ފްލައިޓު ނައްޓާލުމާއެކު ނިދެން ފެށިކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ