ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަރަންޓު ކެނޑިއްޖެއެވެ.

ވީއައިއޭ އިން ކަރަންޓު ކެނޑިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް ކަރަންޓު ކެނޑުނުތާ ކިހާ ވަގުތެއްވީ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން އާންމުންނަށް ވެދާނެ އުނދަގުލަކަށް އެމްއޭސީއެލުން މައާފަށް އެދުނެވެ. އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.