ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަލީ ނިޔާޒު ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ސަބަބެއް ވިދާޅުނުވެ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީއަށް ކުރެންދޫ ދާއިރާގެ ގޮނޑި ހޯދުމަށްޓަކައި މިފަހަރު އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ވޭތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރެންދޫ ދާއިރާގެ ރައްޔިތުން އަގުލަބިއްޔަތު ދިނީ އެމްޑީޕީ ކެންޑިޑޭޓަށް ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ 20 ވަނަ މަޖްލީހަށް ވެސް އެ ދާއިރާއިން ހޮވާނީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ހުންނެވި އަބްދުލްގަނީ އަބްދުލް ހަކީމް، އެމްޑީޕީ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، އެމްޑީޕީ ދޫކޮށް މިހާރު ވަނީ ވެރިކަން ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު