ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މެންބަރުން ހޯދަން އިއުލާންކޮށްފިއެވެ.

ޔޫތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދިވެހި ގައުމު ބިނާކުރުމާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ގެ ނަމުގައި ބޯޑެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެހެންކަމުން ބޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށްވަނަ ދުވަހުގެ 14:00 ގެ ކުރިން ޔޫތް މިނިސްޓްރީއަށް [ފޯމު](https://forms.gle/xU29gsF7ijCSB4VQ9) އޮންލައިންކޮށް ހުށަހަޅަންވާނެ ކަމަށެވެ.

  • ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން: އަންހެން 1 އަދި ފިރިހެން 1
  • ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ: އަންހެން 1 އަދި ފިރިހެން 1
  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
  • ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން

ރައީސް މުއިއްޒު، ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު އުފެއްދެވުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.