ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް އޮރެންޖު އެލާޓު ނެރެފިއެވެ.
މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން މިއަދު ބުނީ ފުވައްމުލަކު ސިޓީ އިން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރު 1:20 އިން 3:20 އަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކުރާ ކަމަށެވެ. އެހެންކަމުން މޫސުމާބެހޭ އިދާރާއިން ވަނީ އެ ދެ އަތޮޅަށް އޮރެންޖު ސަމާލު ނެރެފައެވެ.
އޮރެންޖު ކުލަ ނުވަތަ އޮތެންޖު ސަމާލަކީ، ގުގުރުމާ އެކު ބޯކޮށްވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ ނެރޭ ސަމާލުގެ ކުލައެވެ.
މެޓް އޮފިހުން ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށް ރީދޫ ސަމާލު ނެރެފައެވެ. އެއީ މިއަދު މެންދުރުފަހު 1:00 އިން ހަވީރު 5:00 އަށެވެ. މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފިހުން ބުނެއެވެ.
މިމަހުގެ 24 ވަނަ ދުވަހު ނެޓް އޮފިހުން ނެރުނު ސަމާލުގައި ވަނީ ރާއްޖެއަށް އިރުވައިމޫސުން ފެށުމާ ގުޅިގެން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައެވެ.
ހާއްސަކޮށް ކަނޑުދަތުރު ކުރާ މީހުންވެސް ދަތުރުތައް ކުރާއިރު މޫސުމަށް ބެލުމަށްފަހު ދަތުރުތައް ރައްކާތެރިކަމާ އެކު ކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު