ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯއަކަށް ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަންކޮށްފިއެވެ.
އެ މަގާމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު، ޒުލްފާ އައްޔަން ކުރައްވާފައި މިވަނީ އެ މަގާމު ހުސްވެފައި އޮންނަތާ ހަތް މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި އަފްޝަން ލަތީފް މިދިޔަ މެއި މަހުގެ 15 ގައި އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމަށް ޒުލްފާ އައްޔަން ކުރައްވައި މިއަދު ރައީސް މުއިއްޒު ވަނީ މަގާމުގެ ލިއުން އޭނާއާ ހަވާލުކޮށްދެއްވައިފައެވެ.
ޒުލްފާއަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ހަތެއް ފެބުރުއަރީގައި ރައްޔިތުންގެ ފަރާތުން ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުތަކުގެ ސަބަބުން ރައީސް ނަޝީދާ އެކު އެމަނިކުފާނުގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވުމަށްފަހު، ރާއްޖެ ދޫކުރައްވައި ޒުލްފާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ.
އޭނާ ރައީސް މުއިއްޒުގެ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު