ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތަކެއް ވަޒިފާތަކަކީ ކަމައެކަނި ދިވެހިން އަދާކުރަންޖެހޭ ވަޒީފާތަކެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހެޅި އެކަމާބެހޭ ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު ކެބިނެޓުން އެފޮތަށް ލަފާ އެރުވުމުން ކަމަށެވެ.
- ގެސްޓް ރިލޭޝަން އޮފިސަރުން
- ހިއުމަން ރިސޯސް މެނޭޖަރުން
- އިލެކްޓްރިކަލް އިންޖިނިއަރުން
- ފްރަންޓް އޮފީސް މެނޭޖަރުން
- ހައުސް ކީޕިން މެނޭޖަރުން
- ސައިޓް ސުޕަވައިޒަރުން
- ޕާސަނަލް ޓްރެއިނަރުން
- އިންސްޕެކްޓަރުން
- އިލެކްޓްރީޝަނުން
- ހެއާޑްރެސަރުން
- އެކައުންޓެންޓުން
- ބޭބީ ސިޓާސް
- ފޮޓޯގްރާފަރުން
- ބިއުޓީޝަނުން
- ސާވެއަރުން
- ޓުވާގައިޑުން
- ޑައިވަރުން
- އިމާމުން
- ނަރުހުން
- ޓީޗަރުން
- ޕައިލެޓުން
ނާޒިމް ވިދާޅުވީ އެ ދާއިރާތައް ދިވެހިންނަށް ހާއްސަ ކުރުމުގެ މަސައްކަތް ކުރަމުންދާނީ ވަކި ތާވަލެއް އެކުލަވާލައި، އެކި އަހަރުތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެކަމާބެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެ ދާއިރާއަކާ ބެހޭ މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މަސައްކަތްތެރި ކަމުގެ ދާއިރާތަކަށް ކޮލިފައި ދިވެހި މުވައްޒިފުން ނުލިބުމުގެ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކަ ތަކެއް ކަމަށެވެ. އަދި ވަކި ދާއިރާތަކެއް ދިވެހިންނަށް ހާއްސަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ، އެ ދާއިރާތަކުން ތައުލީމް ހާސިލް ކުރުމަށްޓަކައި ސްކޮލާޝިޕާއި ތަމްރީން ޕްރޮގްރާތައް ހިންގުމަށްފަހު، ވަޒީފާގެ މާކެޓަށް ދިވެހިން ނެރެގެން ކަމަށްވެސް ވިދާޅުވިއެވެ.
އޭރުން ރިސޯޓު ވަޒީފާތަކުގެ ވަކި ޕަސެންޓެއް ދިވެހިންނަށް ހާއްސަ ކުރަން ޖެހޭގޮތަށް އޮތް ރޭޝިއޯ އެއަށްވުރެ ބޮޑުވެ، ދިވެހި ޒުވާނުން ޝައުގުވެރިވާ ވަޒީފާތައް އެފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މުޅި މަފްހޫމެއްގެ ގޮތުގައި މި ދާއިރާތައް ހާއްސަ ކުރާއިރު ސްކޯލާޝިޕް ދިނުމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މިކަންކަމުގައި ކަމާބެހޭ ވުޒާރާތަކުން އެ ދާއިރާތަކަށް ދިވެހިން ތަމްރީނު ކުރުމަށް އިސްކަން ދީގެން ދިވެހިން ވާޒީފާގެ މާކެޓަށް ނެރެގެން ބޭރު މީހުން ރިޕްލޭސް ކުރުމުގެ ވިސްނުމުގައި އިއްޔެގެ މަޝްވަރާތަށް ބޮޑަށް ދިޔައީ،" ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު