އާބަންކޯއިން "ފައިލޭރިއާ ރައްކާ" ކެމްޕޭން މިއަދު ފަށައިފިއެވެ.
އާބަންކޯ އިން ބުނީ އެ ކެމްޕޭނުގެ ދަށުން މިއަދު ވަނީ ހުޅުމާލެ 12 ޒޯންއަކަށް ބަހާލައި، ކޮންމެ ޒޯނެއްގެ މަދިރި އާލާވާ ތަންތަން ދެނެގަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ފައިލޭރިއާއާ ބެހޭގޮތުން ސަރުކާރު، އަމިއްލަ ކުންފުނި، މުއައްސަސާތަކުގެ މުވައްޒަފުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ބަހާލެވުނު 12 ޒޯންގައި ދިރިއުޅޭ މީހުން، ސްކޫލް ކުދިން، ސިވިލް ސާވެންޓުން އަދި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކުންފުނީގެ އެދުމަކީ ސާފު ކުރުމުގެ ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުން ކަމަށް އާބަންކޯ އިން ބުންޏެވެ.
ކުޅުދުއްފުށި ސިޓީން، ފައިލޭރިއާގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، އެ ބަލި އިތުރަށް ފެތުރިގެން ނުދިއުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
އެގޮތުން ފައިލޭރިއާ ފެތުރުން ހުއްޓުވުމުގެ ގޮތުން، އާބަންކޯ އިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި އުޅޭ ބިދޭސީން، ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބިދޭސީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ޕްރޮގްރާމެއް އިއްޔެ ތިލަފުށި އަދި ގުޅިފަޅުގައި ކުރިއަށްގެންދިޔައެވެ.
ފައިލޭރިއާއަށް ޕޮޒިޓިވް ޖުމުލަ 32 މީހަކު ވަނީ ރާއްޖެއިން ފެނިފައެވެ. އެއީ ކުޅުދުއްފުށީ ސިޓީން 25 މީހަކާއި މާލެ ސަރަހައްދުން ހަތް މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު