މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނިމާލު އިސްތިއުފާދެއްވައިފިއެވެ.
ނިމާލް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިވަގުތު އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވައި މިއަދު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އަތޮޅަށް ހިދުމަތް ކުރުމަށް ރައްޔިތުން ފުރުސަތު ދެއްވި ކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ.
މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ނިމާލް އިންތިހާބު ކުރީ 2021 ވަނަ އަހަރުއެވެ.
މާލެ އަތޮޅު، އަތޮޅު ކައުންސިލުގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި ހާސިލުކުރައްވަން ބޭނުންވި ކަންކަން ޙާސިލުކުރެއްވުމަށް ދީފައިވާ އެއްބާރުލުމަށްޓަކައި މާލެއަތޮޅު ކައުންސިލްގެ އިދާރާގެ އެންމެހާ މުވައްޒަފުންނަށްވެސް ނިމާލް ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ.
މާލެ އަތޮޅުގެ ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވާ ގިނަ ކާމިޔާބީތައް އެކިއެކި ދާއިރާތަކުން ޙާސިލުކުރަން ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެއްކަން ފާހަގަކުރައްވައި ނިމާލު ވިދާޅުވެފައި ވަނީ، އަދި "ދިވެހީންގެ ރާއްޖެ"ގެ ތަސައްވުރުގެ ތަރައްގީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ދަށުން މުޅި މާލެ އަތޮޅަށް އަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު