މި ސަރުކާރު ވެރިކަމާ ހަވާލުވެ، ދެ މިނިސްޓްރީ ބައިކޮށް، ސާމާނު ބަދަލުކުރި އިރު، ބައެއް ތަކެތި ގެއްލިއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ ބަދަލުކުރީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރގެ ނަމަށެވެ. ސްޕޯޓްސް މިނިސްޓްރީ ބަދަލުކުރީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަމަށެވެ. އެއީ ކުރިން އެއްކޮށް ހިންގަމުން އައި ޔޫތު އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެމްޕަވާމަންޓްގެ ބަދަލުގައި އުފެއްދެވި ދެ މިނިސްޓްރީއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއްވެސް ހިމެނެއެވެ. އަދި އެމައްސަލަ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރެވެމުންދާ ކަމަށްވެސް އިސް އޮފިޝަލަކު ވަނީ ބުނެފައެވެ.
ސްޕޯޓްސް މިނިސްޓްރީ ހިންގަނީ ކުރިން ކުޅިވަރާ ބެހޭ ވުޒާރާ ހިންގި، ވެލާނާގޭގެ ތިންވަނަ ފްލޯގައެވެ. ޔޫތު މިނިސްޓްރީ ބަދަލުކުރީ އެ އިމާރާތުގެ ހަތަރުވަނަ ފްލޯއަށެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް