ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މޮންޓެނީގްރީއަށް ފުރާވަޑައިގެންފިއެވެ.
ރައީށް އޮފީހުން މިއަދު ބުނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް ނައިބު ރައީސް މޮންޓެނީގްރޯއަށް ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. އަދި ދަތުރުފުޅު ކުރައްވަނީ މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
އެ ކޮންގްރެސްގައި މޮންޓެނީގްރޯގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރަޓިކް މޮންޓެނީގްރޯގެ ރައީސް އަލެކްސާ ބެސިކްއާ ނައިބު ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ނައިބު ރައީސް މި މަހު ކުރައްވާ ތިންވަނަ ރަސްމީ ދަތުރުފުޅެވެ. މި މަހުގެ ފަސްވަނަ ދުވަހު އެމަނިކުފާނު ވަނީ ޗައިނާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، އެމަނިކުފާނު ވަޑައިގެންނެވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެ ވަޑައިގަތުމަށް ސްވިޒަލެންޑުގެ ޖެނީވާއަށެވެ.
އެ ދަތުރުފުޅުތައް ނިންމަވައިލެއްވުމަށް ފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު