ކުޅުދުއްފުށި ސިޓީގައި 25 ބިދޭސިން ފައިލޭރިޔާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕޮރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ޕޮޒިޓިސް ވުމާގުޅިގެން މިމަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމުލަ 25 ބިދޭސީން ވަނީ ޕޮޒިޓިވްވެފައި ކަމުގައެވެ.
ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނެގެޓިވް ވެފައި ކަމަށާއި އެ ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމުތަކުންކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލްގެ މީޑިއާއިން އިން "ވަން" އަށް މިއަދު ވިދާޅުވީ، އެ ސިޓީގެ މީހުން މިހާރު ފައިލޭރިޔާއަށް ސްކްރީން ކުރަމުން ގެންދާކަމަށެވެ. ފުރަތަމަ ޓާގެޓަކީ ރަށުތެރެއިން ރެންޑަމްކޮށް ސާމްޕަމް ނަގައި 200 މީހުން ފައިލޭރިޔާއަށް ސްކްރީން ކުރުން ކަމަށާއި، އެ ޓާގެޓް އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް ހާސިލް ވާނެ ކަމަށާއި، ކުރިއަށް އަދި ގިނަ ބަޔަކު ފައިލޭރިޔާއަށް ސްކްރީން ކުރާނެ ކަމަށެވެ.
މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ ސިޓީއަށް މިހުން އަރައި ފޭބުން އަދި މަނާ ނުކުރާކަމަށެވެ. ނަމަވެސް ސްކްރީން ކުރާ މީހުން ފައިލޭރިޔާއަށް ޕޮޒިޓިކް ވަމުންދާނަމަ، ބަލި ފެތުރުން ކޮންޓްރޯލްކުރަން އެކަމާ މެދު އިތުރު ފިޔަވަޅުތައް އަޅާނެކަމަށެވެ. މިވަގުތު ކުޅުދުއްފުށި ސިޓީގެ މީހުންގެ މެދުގައި ފައިލޭރިޔާ ފެތުރޭނެ ކަމަށް ބިރު ހީވެފައި އޮތް ނަމަވެސް ރަށުގެ އާންމު ފަރުދުންނަށްވެސް ފައިލޭރިޔާ ފެތުރޭ ގޮތާއި އަދި އެބަލިން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ދެމުންގެންދާކަމަށެވެ.
އެ ސިޓީގައި އުޅޭ ބޭރު ގައުމުގެ މީހުންނަށް ފައިލޭރިޔާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންގެންދާ ކަމަށާއި އެގޮތުން ރޭ ކުޅުދުއްފުށީ ސިޓީގައި ހިންދީ ބަހުން އަދި ތަމަޅަ ބަހުން ބިދޭސީ ޑޮކްޓަރުންގެ އެހީއާއެކު މައުލުމާތު ފޯތުކޮށްދީފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިރޭވެސް ރާއްޖެއިން ބޭރުގެ ޑޮކްޓަރެއްގެ އެހީއާއި އެކު ބިދޭސީންނަށް ފައިލޭރިޔާ ފެތުރޭގޮތާއި އަދި އެކަމުން ރައްކާތެރިވާން ކުރެވޭނެ ކަންތައްތަކާ ގުޅޭ މައުލޫމާތު ދޭނެކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު