އިބްނު ބަތޫތާގެ ތާރީހީ ދަތުރު ޕްރޮމޯޓުކޮށް ސްރީލަންކާއިން އަރަބި ފަތުރުވެރިން ގެނައުމުގެ މަސައްކަތް ފަށާއިފިއެވެ.
ލަންކާގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް އެގައުމުން ކުރުމަށް ނިންމާފައިވާ އިރު، އަރަބި ފަތުުރުވެރިން އެގައުމަށް ގެނައުމަށް ކުރާ މަސައްކަތަށް ވަނީ ތަފާތު އުކުޅެއް ބޭނުންކުރުމަށް ނިންމައިފައެވެ.
މަޝްހޫރު ތާރީހީ ދަތުރުވެރިޔާ އިބްނު ބަތޫތާ ވަނީ ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު މީލާދީ ތާރީހުން 1344 ވަނަ އަހަރު ލަންކާއަށް ދަތުރުކޮށްފައެވެ. އިބްނު ބަތޫތާ ލަންކާއަށް އެތެރެވެފައިވަނީ އެގައުމުގެ ހުޅަނގު އުތުރުން އޮންނަ ޕުއްޓަލަމް ޕޯޓުންނެވެ. އޭރު އެ ޕޯޓު ހިމެނޭ ސަރަހައްދުގައި ވެރިކަން ކުރަމުންގެންދިޔައީ ޖަފްނާގެ ރަސްގެފާނު ކަމަށް ތާރީހީ ފަތްފުށްތަކުން ބުނެއެވެ.
އިބްނު ބަތޫތާ ވަނީ ލަންކާގެ މުހިންމު ގިނަ ތަންތަނަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ލަންކާއަށް ދަތުުރުކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު އެޓަމްސް ޕީކަށްވެސް އިބްނު ބަތޫތާ ޒިޔާރާތްކުރި ކަމަށްވެއެވެ. އިބްނު ބަތޫތާގެ ދަތުރުގައި ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯއަށާއި އެގައުމުގެ ގޯލް ސަރަހައްދަށްވެސް ދަތުރުކޮށްފައެވެ.
ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ އިދާރާ އިން ވަނީ އެގައުމަށް އިބްނު ބަތޫތާ ދަތުރުކުރި މަންޒިލުތަކަށް ދިއުމަށް ހާއްސަ ޕެކޭޖެއް ހެދުމަށް ނިންމައިފައެވެ. އަދި އަރަބި ގައުމުތަކުގައި އެ ޕެކޭޖު ޕްރޮމޯޓުކުރުމަށް އެ ގައުމުން ނިންމާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ