ލ. ދަނބިދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ނެރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "ބަސްމަލާ" ކިޔާ އެ ބޯޓު ދަނބިދޫ ކައިރީގައި އޮންނަ "ބިންމާދަނޑު" ނެރަށް އެރީ އިއްޔެ ހެނދުނު އެރީ މާލެއިން މުދާ ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެ ދޯނީގައި ނުވަ ފަޅުވެރިން ތިބި ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައި ނުވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ހާދިސާގައި ބޯޓުގެ އިންޖީނު ކޮޓަރިއާ ދިމާލުން ފަސް ފޫޓު އަޑިއަށް ފަޅައިގެންގޮސްފައި އޮތްތަން ބެއްދުމަށް ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަސްމަލާ ދޯނި ނެރަށް އަރާފައިވާއިރު، ފަންސާހަށްވުރެ ގިނަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ކުޅުދުއްފުށި ސިޓީގެ ބޯޓެއް ކަމަށްވާ ބަހާދަރު އިއްޔެ ރޭ ނ. އަތޮޅު ފަރަކަށް އަރާފައިވެއެވެ.