އެމްއެންޑީއެފްގެ ދެ މޭޖާ ޖެނެރަލެއް ރިޓަޔާ ކުރައްވައިފިއެވެ.
އެމްއެންޑީއެފުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރިޓަޔާ ކުރައްވާފައިވަނީ މޭޖާ ޖެނެރަލް ހާމިދު ޝަފީގު އަދި މެޖޭ ޖެނެރަލް ވައިސް ވަހީދު ކަމަށެވެ.
ހާމިދު ޝަފީގަކީ 33 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރިޓަޔާ ކުރެއްވިއިރު ހާމިދު ޝަފީގު ހުންނެވީ އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމުގައެވެ.
ވައިސް ވަހީދަކީ އެމްއެންޑީއެފްގައި 34 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ވައިސް ވަހީދު ރިޓަޔާ ކުރެއްވި އިރު، އޭނާއަކީ މެރިން ކޯގެ ކޮމަޑާންޓެވެ.
އެ ދެ ބޭފުޅުން މޭޖާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓު ކުރައްވާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު